Last Updated: April 24, 23:11
Thursday, April 25, 2024
ޓެކްނޮލޮޖީ

އެޕަލް ފޯނުތަކާއި ކޮމްޕިއުޓަރުތަކަށް ބިރެއް

ރަޝިޔާގެ ހެކަރުންތަކެއް އެޕަލް ޑިވައިސްތަކަށް އަމާޒުކޮށް ހަމަލާ ފޮނުވަން ފަށައިފިއެވެ.

އެކްސް އޭޖެންޓްގެ ނަމުން ނަންދީފައިވާ މި ވައިރަސް ގިނަވަމުން ދާތީ އެކަމާ އެޕަލް އިން ކަން ބޮނޑު ވެއްޖެއެވެ. އަދި މިކަން ކުރަމުން ދަނީ ރަޝިޔާގެ ހެކަރުންކަމަށްވާ ސޯފެސީ ގްރޫޕް ކަމަށް ތުހުމަތުކުރެވެއެވެ.

ބިޓް ޑިފެންޑާއެއް ކަމަށްވާ ސިކިއުރިޓީ ފާރމް އަކުން ބުނެފައިވާ ގޮތުގައި ލިނަކްސް، ވިންޑޯސް އަދި އެންޑޮއިޑް ޑިވައިސްތަކަށްވެސް މިވައިރަސްގެ ހަމަލާތަށް މީގެ އަހަރުތަކެއް ކުރިން ވަނީ ފޮނުވާފައެވެ.

މިވައިރަސްގެ ސަބަބުން ޑިވައިސް ބޭނުން ކުރާ ފަރާތުގެ ސިއްރު މައުލޫމާތުތަކަށް އެކްސެސް ކުރެވޭނެއެވެ. އޭގެ ތެރޭގައި އައި ކްލައުޑް ބެކްއަޕް، ޕާސްވޯޑް، އަދި އެހެނިހެން މުހިއްމު މައުލޫމަތުތަށް ހިމެނެއެވެ.

ގިނަ ބަޔަކުދެކޭ ގޮތުގައި އެޕަލް އައިއޯއެސް ޑިވައިސް ތަކަކީ ވައިރަސް ފްރީ ޑިވައިސަސްތަކެކެވެ. ނަމަވެސް ސައިބާ ކްރައިމް ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ މި ދުނިޔޭގައި އައިއޯއެސް ބޭނުންކުރާ ފަރާތްތަކުންވެސް ސަލާމަތީ ފިޔަވަޅު އެޅުމަކީ ރައްކާތެރިކަމެކެވެ.