އައްޑޫ ސިޓީ ލިންކް ރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ފޯކްލިފްޓެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ފުރޮޅާލައިފިއެވެ.
ގައުކެނޑި ސަރަހައްދުގައި ހިނގި މިހާދިސާގައި ފުރޮޅާލާފައި ވަނީ މޯލްޑިވްސް ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ފޯކްލިފްޓެކެވެ.
މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ފޯކްލިފްޓް ފުރޮޅާލާފައި ވަނީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކަމަށެވެ.
މިހާދިސާގައި ފޯކްލިފްޓް ދުއްވަން އިން މީހާއަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.