Last Updated: June 27, 11:53
Saturday, June 27, 2026
ކުޅިވަރު

ބޭލްގެ އެނބުރި އައުން؛ ރިއަލް އަށް ފިނިކަމެއް

ނޮވެމްބަރު މަހުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ރިއަލް މެޑްރިޑްގެ ފޯވާޑް ގެރެތް ބޭލް ޓީމާއި ގިނަ ދުވަހެއް ވަންދެން އެކަހެރިވާން މަޖުބޫރުވެފައެވެ.

ބޭލްގެ ހާޒިރީއާއި ނުލާ ރިއަލް އަށް ވަނީ ފާއިތުވެދިޔަ ދެތިން މަސްދުވަހު ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ރޭ އެސްޕަނިޔޮލް އާއި ދެކޮޅަށް ރިއަލް ކުޅުނު މެޗުގައި ބޭލް ވަނީ އެނބުރި އައިސް އޭނާގެ މުހިއްމު ރޯލު ޓީމަށް ދައްކާލާފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި މޮރާޓާ ގެ ބަދަލުގައި ކުޅެން ނިކުމެ އޭނާގެ އަވަސް ކުޅުން ވަގުތުން ފެނިގެން ދިޔައެވެ. 33 ވަނަ މިނެޓުގައި މޮރާޓާ ޖެހި ގޯލާއެކު ރިއަލް ވަނީ އޭރުވެސް ލީޑުގައެވެ.

ނަމަވެސް ބޭލް ވަނީ އޭނާ ކުޅެން ނިކުތްތާ 12 މިނެޓު ތެރޭ ގޯލު ޖަހައި މޮޅު ޔަގީން ކޮށްދީފައެވެ.