އައްޑޫ ސިޓީއިން ސްރީލަންކާއަށް ޑައިރެކްޓް ފްލައިޓް ދަތުރު ކުރަމުންދާ ސްރީ ލަންކަން އެއާލައިންސް އިން ގަން-ކޮލޮމްބޯ ދެކޮޅު ޓިކެޓުގެ އަގު 305 ޑޮލަރަށް ކުޑަ ކޮށްފިއެވެ.
މީގެ ކުރިން 355 ޑޮލަރަށް ލިބެން ހުރި ދެކޮޅު ޓިކެޓުގެ އަގު ސްރީލަންކަން އިން ހެޔޮކޮށްފައިވަނީ އައްޑޫ އިން ލަންކާއަށް ދަތުރު ކުރާ ފަރާތްތަކަށް އިތުރު ފަސޭހައެއް ހޯދައިދިނުމަށެވެ.
ދެކޮޅު ޓިކެޓުގެ އަގު 305 ޑޮލަރަށް، (4،703ރ.) ހެޔޮކޮށްފައިވާއިރު އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 182 ޑޮލަރަށެވެ (2،806ރ.)
ސްރީލަންކަން އިން އައްޑޫ އިން ލަންކާއަށް ޑައިރެކްޓް ފްލައިޓު ތައާރަފް ކުރި ފަހުން ދެކުނުގެ ރައްޔިތުންނަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ.