Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ފުލުހުންގެ ދެކުނު ކޮމާންޑަރުންގެ މަހާސިންތާ ފަށައިފި

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަދަން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ އަތޮޅުތަކުގެ ކޮމާންޑަރުންގެ މާހާސިންތާއެއް ފަށައިފިއެވެ.

މިމަހުގެ 19 އިން 23ގެ ނިޔަލަށް ކުރިއަށް ގެންދާ މި މަހާސިންތާ ބާއްވަނީ، ތ. ވިލުފުށީގައެވެ.

ސަދަރަން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ އަތޮޅުތަކުގެ ކޮމާންޑަރުން ބައިވެރިވާ މި މަހާސިންތާއަކީ އަތޮޅުތަކުގައި ދެމުންދާ ފުލުހުންގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްދާ މަހާސިންތާއެކެވެ.

ފުލުހުން ބުނީ، މި މަހާސިންތާގައި އަތޮޅު ކޮމާންޑަރުންނަށް ކޮމާންޑަރުންގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ދެނެގަނެ އެދަތިތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ.

ސަދަން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ އަތޮޅު ތަކަކީ، މ،ފ،ދ،ތ،ލ،ގއ، ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އެވެ.