Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

އެފްއޭ ކަޕް ކުއާޓާގައި ޔުނައިޓެޑާއި ޗެލްސީ

އެފްއޭ ކަޕުގެ ރައުންޑް 5 ގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްލެކްބާން ބައްދަލުކުރި މެޗު 2-1 އިން ޔުނައިޓެޑު ކާމިޔާބުކޮށް ކުއާޓާގެ ޖާގަ ހޯދައިފިއެވެ.

ރޭގެ މެޗުގައި ބްލެކްބާންވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު ލީޑު ނަގާފައެވެ. ނަމަވެސް 78 ވަނަ މިނެޓުގައި ގްރެހަމް ނެގި ލީޑު 27 ވަނަ މިނެޓުގައި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ފަހު ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އިބްރަހިމޮވިޗެވެ. މިއީ އޭނާ މިސީޒަނުގައި ޔުނައިޓެޑަށް ޖެހި 24 ވަނަ ގޯލެވެ. ރޭ ކުޅުނު ދެވަނަ މެޗު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ފަސޭހަކަމާއެކު ފުލްހަމް ބަލިކޮށްފައެވެ. ސްޕާސް އިން ރޭގައި ޖެހި ތިން ގޯލުވެސް ޖަހާފައިވަނީ ހެރީ ކޭންއެވެ.

މިދެމެޗަށްފަހު ރޭ ނެގި ކުއާޓާގެ ޑްރޯގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުއާޓާގައި ބައްދަލުކުރަން ޖެހެއެވެ. ކަޕުގެ 5 ރައުންޑުގެ ފަހު މެޗުގައި މިރޭ އާސެނަލްއާއި ސަޓަން ބައްދަލުކުރާނެއެވެ. އަދި މެންޗެސްޓާ ސިޓީއާއި ހަޑަސްފީލްޑް މެޗުގެ ރިޕްލޭ ކުޅޭނެއެވެ. ތިރީގައި މިވަނީ ޑްރޯއެވެ.