Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ޝަރަފުއްދީންގެ ގްރޭޑް 2 ގެ ކުދިންނަށް ފަތާ ކޯހެއް

ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި އެވެ.

އިއްޔެ އިން ފެށިން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޝަރަފުއްދީން ސްކޫލުގެ އެދުމުގެ މަތިން ސްކޫލުގެ ގްރޭޑް 2 ގައި ކިޔަވާ ދަރިވަރުންނަކީ މި އަހަރު ނިމުމުގެ ކުރިން ފަތަން ދަންނަ ދަރިވަރުންތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ދަރިވަރުންނަށް ކިކް ޖަހާނެ ގޮތާއި ފްލޯޓް ކުރާނެ ގޮތުގެ އިތުރުން ފެތުމުގެ ހުނަރުތައް ދަސްކޮށްދީ މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމަށް ދަރިވަރުން ހޭލުންތެރި ކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ހިތަދޫ ފަތާ ޓްރެކް ސަރަޙައްދުގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ޝަރަފުއްދީން ސްކޫލުގެ ގްރޭޑް 2 ގައި ކިޔަވާ 65 ދަރިވަރުން ބައިވެރިވެ އެވެ.

ޕްރޮގްރާމުގައި ކުލާސްތައް ނަގައި ދެނީ އައްޑޫ ސިޓީ ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާ ހުރި ފުލުހުންނެވެ.