Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ދެކުނަށް ބޯކޮށް ވިއްސާރަ ކުރާނެ: މެޓް

ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ބޯކޮށް ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސެންޓަރުން މައުލޫމާތު ދީފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ގުގުރުމާއެކު އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ވިއްސާރައިގައި ލިބިދާނެ ގެއްލުމަކަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ވިއްސާރަކުރި ނަމަވެސް އާންމު ހާލަތަށްވުރެ ކަނޑުގަދަ ނޫން ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް ކަނޑުދަތުރު ކުރާ ފަރާތްތަކުންވެސް ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްފަހު ނޫނީ ނުފުރުމަށް އެމްއެންޑީއެފް އިން ވަނީ ތަކުރާރުކޮށް އިލްތިމާސް ވެފައެވެ.