Last Updated: April 27, 09:46
Saturday, April 27, 2024
ވިޔަފާރި

200 ޓްރެވެލް އެޖެންސީގެ ހުއްދަ ބާތިލްކޮށްފި

ޓޫރިޒަމް މިނިސްޓްރީން ރާއްޖެ އިސްތިހާރު ކުރަން ބޭއްވި ފެއާއެއްގެ ތެރެއިން-- ސަން ފޮޓޯ/ މާހިލް މުހައްމަދު

ދިވެހިރާއްޖޭގައި ދަތުރު ރާވާ ހިންގުމާއި ބެހޭ ޤަވާއިދުގެ އަށްވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނިތަކުގެ އަހަރީ ރިޕޯޓް ޓޫރިޒަމް މިނިސްޓްރީ އަށް ހުށައަޅާން ޖެހޭއިރު، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުޅަނާޅާ 200 ޓްރެވެލް އޭޖެންސީއެއް އުވާލައިފިއެވެ.

އަހަރީ ރިޕޯޓް ހުށަނާޅާނަމަ ކުންފުނީގެ ހުއްދަ އުވާލެވޭނެ ކަމަށް އެޤަވާއިދުގައި ބުނެފައި ވެއެވެ.

އެގޮތުން ޖެނުއަރީ މަހުގެ ނިޔަލަށް އެމިނިސްޓްރީ އަށް އަހަރީ ރިޕޯޓް ހުޅަނޭޅުމުގެ ސަބަބުން 200 ޓްރެވެލް އޭޖެންސީ އެއްގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނި ކަމަށް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އެހެންނަމަވެސް، ހުއްދަ ބާތިލް ކުރެވުނު 200 ކުންފުންޏަކީ ކޮބައިކަމެއް އަދި އެނގިފައި ނުވެއެވެ.