އިނގިރޭސި އެފްއޭ ކަޕުގެ 5 ވަނަ ބުރުގައި އާސެނަލް އަދި ސަޓަން ބައްދަލުކުރި މެޗު 0-2 އިން އާސެނަލް މޮޅުވެ ކުއާޓާގެ ޖާގައެއް ހޯދައިފިއެވެ.
ލޫކަސް ޕެރޭޒާއި ތިއޯ ވޮލްކޮޓްގެ ގޯލުތަކުން ރޭގެ މެޗު އާސެނަލް ކާމިޔާބުކޮށްފައިވާއިރު ކޯޗު ވެންގާ ވަނީ ފުރަތަމަ އެގާރައަށް ބޮޑު ބަދަލުތަކެއް ގެނެސްފައެވެ.
އޮޒިލް، ކޮސިއެލްނީ، ސަންޗޭޒް އަދި ބެލެރިންއާއި ނުލާ ފެށި މިމެޗުގެ ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި ޖަހާފައިވަނީ ޕެރޭޒްއެވެ. ދެވަނަ ގޯލު 55 ވަނަ މިނެޓުގައި ޖަހާފައިވަނީ ތިއޯ ވޮލްކޮޓްއެވެ.
ރޭގެ މޮޅާއެކު އާސެނަލް ކުއާޓާއަށް ދަތުރުކޮށްފައިވާއިރު ކުއާޓާގައި އާސެނަލް ކުޅެން ޖެހޭނީ ލިންކޮންއާއެވެ. ލިންކޮން އަކީ ވެސް ނޮން ލީގު ޓީމެކެވެ. އާސެނަލް ވަނީ އެފްއޭ ކަޕް 12 ފަހަރު ކާމިޔާބުކޮށްފައެވެ.