Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހިތްވަރު ގަދަ ލީޑަރުގެ އެވޯޑް ނަޝީދަށް އަރުވައިފި

photo: Geneva Summit

ނުވަވަނަ ޖެނީވާ ސަމިޓްގައި އިންސާނީ ހައްގުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމަށް ހިތްވަރުގަދަ ލީޑަރުގެ އެވޯޑް އެމަނިކުފާނަށް އަރުވައިފިއެވެ.

މިހަފްލާގައި ތަގުރީރު ކުރައްވަމުން ނަޝީދު ވަނީ ރާއްޖޭގެ ހާލަތުގެ މައްޗަށް އަލި އަޅުވައި ވާހަކަ ދައްކާފައެވެ. އެގޮތުން ޖަލުގައި 19 އަހަރުގެ ޒުވާނަކު މަރުވެދިޔަ ހާދިސާއާއި 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލެވުނު ވާހަކަ ނަޝީދު ވަނީ ކުރުގޮތަކަށް ދައްކާފައެވެ.

މިއަދު މެންދުރު ބޭއްވުނު ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވަނީ 2013 ގެ އިންތިޚާބު އެމަނިކުފާނުވަނީ ތަކުރާރުކޮށް ކާމިޔާބުކޮށްފައި ކަމަށެވެ. ނަމަވެސް އިންތިޚާބު އަލުން ބާއްވައި އެބޭފުޅުންނަށް ކާމިޔާބުކުރެވެންދެން ވަނީ އެކިފަހަރު މަތިން ބާއްވާފައި ކަމަށެވެ. އަދި އިންތިޚާބަށް ފަހު އަނެއްކާވެސް އެމަނިިކުފާނު ހައްޔަރުކުރީ ކަމަށް ނަޝީދު ވަނީ އިތުރުކޮށްފައެވެ.

ވާހަކަ ނިންމަވަމުން ނަޝީދު ވަނީ އެނބުރި ރާއްޖެ ވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ތަކުރާރުކޮށްފައެވެ. އެނބުރި ޖަލަށް ދާން ޖެހުނަސް ރާއްޖެ އަންނާނެ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށްފައެވެ.

ރައީސް ނަޝީދަށް ވަނީ މީގެ ކުރިންވެސް ބޭރުގެ އެކިއެކި ފަރާތްތަކުން އެމަނިކުފާނުގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދީފައެވެ.