Last Updated: April 26, 22:09
Friday, April 26, 2024
މުނިފޫހިފިލުވުން

ލައިފް އޯކޭގެ "ކަލަޝް" ހުއްޓާލަނީ

ރާއްޖޭގެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ހިންދީ ޑްރާމާ ސީރީސް "ކަލަޝް އޭކް ވިޝްވާސް" އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ނިންމާލަން އުޅޭ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރެއެވެ.

ލައިފް އޯކޭ ޗެނަލުން ދައްކާ މި ޑްރާމާ ހުއްޓާލަން އުޅޭ އެއް ސަބަބަކީ އެޗެނަލުން ތަފާތު އާ ޕްރޮގްރާމިންގް ސްޓްރެޓެޖީއެއް އެކުލަވާލަން މަސައްކަތް ކުރުމެވެ. އެ ޗެނަލުން ދަނީ ފިރިހެނުންނަށް ޚާއްސަ ޕްރޮގްރާމްތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ކަލަޝް އަކީ އަންހެން ބޭކަނބަލުން ޝައުޤުވެރިވާ ޝޯ އަކަށް ވުމުން، އެ ޗެނަލްގެ މިންގަނޑުތަކަށް އެ ޑްރާމާ ނުފެތެއެވެ.

އަންގާރަ ދުވަހާއި ހަމައަށް އެ ޑްރާމާގެ 500 އެޕިސޯޑް ދައްކާފައިވާއިރު، މިފަދަ ޚާއްސަ ދަނޑިވަޅެއްގައި ޝޯ ހުއްޓާލަން ޖެހުމުން އެ ޑްރާމާގެ ޓީމުންވެސް ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

މިއަހަރު ތެރޭގައި ލައިފް އޯކޭއިން ގިނަ އަދަދެއްގެ ޝޯތަކެއް ދައްކަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި "ޝޭރް-އޭ-ޕަންޖާބް"، "ޔާރިޔާން" އަދި "ޗަންދްރަކާންތާ" ވެސް ހިމެނެއެވެ. އެހެންނަމަވެސް މިހާރު "ކަލަޝް" ދައްކަމުންދާ ގަޑި ހުސްވުމުން، އެގަޑީގައި ދައްކަން ފަށާނީ ކޮން ޑްރާމާއެއްކަން އަދި ނޭނގެއެވެ.