Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ކޮމީޑިއަން ބާރްތީ ކައިވެނި ކުރަނީ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް މިއަހަރުގެ ފަހު ކޮޅުގައި ކައިވެނި ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދާދި ފަހުން ރާއްޖޭގައ ޗުއްޓީ ވެސް ހޭދަ ކުރި ބާރްތީ ބުނާ ގޮތުން ކައިވެނި ކުރުމަށްޓަކައި އޭނާ ހުރީ ވަރަށް "އެކްސައިޓް" ވެފައެވެ.

އަދި ކައިވެނީގެ އެކިއެކި ހަފްލާތަކުގައި ބައިވެރިވުމަށްވެސް އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ބާރްތީ ބުނެއެވެ.

ބާރްތީ ބުނާ ގޮތުގައި އޭނާ ބޭނުންވަނީ ވާން އުޅޭ ފިރިހެނުން ހާރްޝް ލިމްބަޗިޔާ އާއިއެކު ކައިވެނީގެ ހުރިހާ ހަފްލާތަކެއްވެސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ކަމަށެވެ.

އަދި ޚާއްސަކޮށް 'މެހެނދީ' (ހީނާފަތް އެޅުން) އަދި 'ސަންގީތު' (ލަވަކިޔުން) ހަފްލާތަކަށްޓަކައި ވަރަށް "އެކްސައިޓް" ވާ ކަމަށާއި، އެހުރިހާ ކަމެއްވެސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ބޭނުންވާ ކަމަށް އޭނާ ބުނެއެވެ. އެއީ މުޅި އަހަރުގެ ތެރޭގައި ބުރަ މަސައްކަތް ކޮށްފައި އެފަދަ ކަމެއް ކުރަން ނުލިބޭތީ ކަމަށްވެސް ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ބާރްތީ ވަނީ ބުނެފައެވެ.

އުމުރުން 32 އަހަރުގެ ބާރްތީ ބުނީ ކައިވެނީގެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވިޔަސް، މިއަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު ހިސާބުގައި ކައިވެނި ކުރާނެ ކަމަށެވެ.

ބާރްތީ މިހާރު ދަނީ ސޮނީ މެކްސް އިން ދައްކާ "ބިއްޓޫ ބަކް ބަކް" ގެ ޝޫޓިން ކުރަމުންނެވެ.