Last Updated: April 20, 18:41
Saturday, April 20, 2024
ވިޔަފާރި

ފެނަކަ އައްޑު އަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ފެނަކަ ކޯޕަރޭޝަން އައްޑޫ އޮފީހުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ކުންފުނީގެ ހިދްމަތް އައްޑޫގައި ދެމުން ގެންދާ އިރު އެކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް މިވަގުތު ބޭނުންކަމަށެވެ.

"ފެނަކަ އައްޑޫއަކީ މިއީ ކުންފުނީގެ އެންމެ ބޮޑު ތަން، އައްޑޫ ސިޓީއަށް ފެނަކައިގެ ހިދްމަތް ހަރުދަނާ ކުރުމަށް މިހާރު ހެދިފައިވާ ކުންފުނީގެ އޮނގަޑަށް ބޮޑު ބަދަލުތަކެއް ގެންނަން އެބަ ޖެހޭ، އެކަން މިވަނީ ކުންފުނީގެ ބޯޑުން ނިންމާފައި"

ފެނަކަ ކޯޕަރޭޝަންގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލާއި އެކު މިހާރު ކުންފުނީގެ އައްޑޫ އޮފީސްތަކުގައި ޑިރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ބަދަލުވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝަރީފް ވިދާޅުވީ އޮނިގަޑަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތަފްސީލް މިވަގުތު ހާމަކުރެވެން ނެތްކަމަށެވެ.

ޝަރީފް ވިދާޅުވީ ފެނަކަ ހިދްމަތް އައްޑޫއަށް ފޯރުކޮށްދެމުންދާއިރު މިވަގުތުވެސް ބޮޑެތި މައްސަލަތައް އެބަހުރިކަމަށެވެ. އަދި ކަންކަން ކުރިއަށް ދަނީ ކުންފުނިން ބޭނުންވާ ސްޕީޑަށް ވުރެ މާ ލަހުން ކަމަށެވެ. އެހެންވެ އެކަންކަން ހަރުދަނާކޮށް ސްޕީޑް އަވަސް ކުރުމަށް ކުންފުނިން ވަރަށް އަވަހަށް ބަދަލު ގެންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ނިމިގެންދިޔަ ހަފްތާ ބަންދުގައި އައްޑޫއަށް ވަޑައިގެން ކުންފުނީގެ އޮނިގަނޑަށް ގެންނަން އުޅޭ ބަދަލުތަކާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބައްލަވާފައެވެ.