Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ސިޓީ މޮޅުވިޔަސް ޕްރެޝަރު ބޮޑު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި މެންޗެސްޓާ ސިޓީ އަދި މޮނަކޯ ބައްދަލުކުރި މެޗު 3-5 އިން ސިޓީ ކާމިޔާބުކުރި ނަމަވެސް އެވޭ ގޯލުތަކުގެ މޮނާކޯއަށް ކުއާޓާއަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ކައިރި ކައިރީގައި ގިނަ އަދަދެއްގެ ގޯލު ފެނިގެން ދިޔަ ރޭގެ މެޗަކީ މިސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގައި ފެނިގެން ދިޔަ އެންމެ ފޯރިގަދަ މެޗެވެ.

މެޗުގެ ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގ ޖަހާފައިވަނީކޮށް 5 މިނެޓު ފަހުން ފަލްކާއޯ ވަނީ ބޮލުން ޖެހި ގޯލަކާއެކު ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް މޮނަކޯއަށް ލީޑު ނަގާދިނީ ކައިލިއަން މްބަޕެ ލޮޓިންއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މޮނަކޯއަށް ލީޑު ފުޅާކުރުމަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ފަލްކާއޯ ޖެހި ޕެނަލްޓީ ގޯލުގެ ތެރެއަށް ވަންނަ ގޮތެއް ނުވިއެވެ. ޕެނަލްޓީ ކާމިޔާބުނުކުރެވި މާގިނަ އިރުތަކެއް ނުވެ ސިޓީއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަގުއޭރޯގެ މިގޯލަށް ފަސް މިނެޓުވެސް ނުވަނީސް ފަލްކާއޯ ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ސިޓީއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައިވަނީ އަނެއްކާވެސް އަގުއޭރޯއެވެ. ސިޓީގެ ހަތަރު ވަނަ ގޯލު ޖަހާފައިވަނީ ޑިފެންޑަރު ސްޓޯންސްއެވެ. ރޭގެ މެޗުގެ ފަހު ގޯލު ފެނިގެން ގޮސްފައިވަނީ ލިރޮއި ސަނޭގެ ފަރާތުންނެވެ.

ރޭގެ މެޗު ކާމިޔާބުކުރުމާއެކު ސިޓީއަށް ކުއާޓާގެ ޖާގައެއް ހޯދުމަށް ފަސޭހަވެގެން ގޮސްފައިވެއެވެ. ނަމަވެސް މޮނަކޯ އިން އެމީހުންގެ ދަނޑުގައި ކުޅޭ މެޗެ އެއްވަރު ވެއްޖެނަމަ އެވޭ ގޯލުން ކުއާޓާއަށް ދާނީ މޮނަކޯއެވެ.

ރޭގައި ބެޔާ ލެވަކޫސަން އަދި އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެތްލެޓިކޯ ވަނީ ރަށުން ބޭރުގައި 2-4 އިން ކާމިޔާބުކޮށްފައެވެ.