Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

ގެދޮރު ހަދަން ބީއެމްއެލްގެ އިސްލާމިކް ސްކީމެއް

ބޭންކް އޮފް މޯލްޑިވްސް އިން ގެދޮރު އިމާރަތް ކުރާ މީހުންނަށް ޚާއްސަ އިސްލާމިކް ސްކީމެއް ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރި މިސްކީމްގެ ދަށުން ގެދޮރު އިމާރަތްކުރުމުގައި ދަތިކަން ލިބިފައިތިބި ފަރާތްތަކުގެ ޕްރޮޖެކްޓުގެ %80 ބޭންކުގެ ޚަރަދާއެކު ނިންމައިދެވޭނެއެވެ.

ބީއެމްއެލް އިސްލާމިކް ގެ ޑައިރެކްޓަރު ޒުލްގަރުނައިން ތަމަން ވިދާޅުވެފައިވަނީ މިސްކީމާއެކު ގެދޮރު ހަދަން ފައިސާ ނެތް މީހުންނަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިސްކީމްގެ ދަށުން ބޭންކުން ގެދޮރު ހަދައިދިނުމުން އަނބުރާ ބޭންކަށް ފައިސާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ. އަދި ފައިސާ ދައްކާއިރު ޕްރޮފިޓް ރޭޓުގެ ގޮތުގައި 9.5 ނުވަތަ %10.5 އިތުރަށް ކަސްޓަމަރުން ދައްކަން ޖެހޭނެއެވެ.

ފުޅާ ދާއިރާއެއްގައި އިސްލާމިކް ބޭންކިންގގެ ޚިދުމަތް ބީއެމްއެލް އިން ކަސްޓަމަރުންނަށް ފޯރު ކޮށްދެމުންދާއިރު މިސްކީމުގެ ދަށުން ވަރަށް ގިނަ ބަޔަކަށް ގެދޮރު އިމާރާތްކުރުމާއި އާބާތުރަފިލުވުމަށް މަންފާ ކުރާނެއެވެ.

ބީއެމްއެލް އިސްލާމިކްގެ އިތުރު ޚިދުމަތްތަކަށް ބަލާއިރު 'ވަދީޢާ' ގެ ނަމުގައި އެކި ފަރާތްތަކަށް އެކައުންޓު ހުޅުވައިދެއެވެ. އަދި 'ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑު' ގެ ނަމުގައި ކޭޝް ކާޑެއްވެސް ކަސްޓަމަރުންނަށް ލިބެއެވެ.