Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވޯކް ވިސާ މީހުންނަށް މާޗުން ފެށިގެން ގަމުން ފުރޭނެ

ވޯކް ވިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ފުރުމުގެ އިންތިޒާމް މާރިޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރު ފެށުމަށް ސްރީލަންކަންއިން މަސައްކަތް ކުރަމުންދާކަން އެނގުނީ މީޑިއާއިން ކަމަށެވެ.

އަދި އެކަން އެނގުމާއިއެު ވާން ޖެހޭ ތައްޔާރީތައް ފުރިހަމަކޮށް ޑިސެމްބަރ 1 ވަނަ ދުވަހު ގަމުން ކޮލަމްބޯއަށް ދަތުރުކުރެވޭނެ އިންތިޒާމް ފަހިކޮށްދިން ކަމަށެވެ.

ގަމާއި ކޮލަމްބޯ އާއި ދެމެދު ވިސާ ހޯލްޑަރުންނަށް ދަތުރު ނުކުރެވޭތީ އެ ޝަކުވާ ވަނީ ބޮޑުވެފައެވެ.