Last Updated: June 27, 11:22
Saturday, June 27, 2026
ޚަބަރު

ޑްރަގް އެތެރެ ކުރިކަން ސާބިތުވެ ދެ ބިދޭސީއަކު އުމުރަށް ޖަލަށް

ދިވެހި ރާއްޖެއަށް 2012 ވަނަ އަހަރު ކަނޑު ބޯޓެއްގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވި ދެ އިންޑިޔާ މީހަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދިވެހިންގެ ބަޔަކާއި ގުޅިގެން 2012 ވަނަ އަހަރު ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެ އައި ބޯޓަކުން އިންޑިޔާ އަށް މީހަކާއި ދިވެހިން ވެގެން 9 ކިލޯގެ މަސްތުވާތަކެތި ވަނީ ރާއްޖެ އެތެރެކުރަނިކޮށް ހައްޔަރުކޮށްފައެވެ. ނަމަވެސް އިންޑިޔާ މީހުންގެ ތެރެއިން ކުށް ސާބިތުވެ ދައުވާ ކޮށްފައިވަނީ ސިލްވައި ޕްރިތާން އަދި އެސް މާރިޔާ ކްރިސްޓޮފާ އެންތޮނީ، މިދެމީހުންނަށެވެ.

ސިލްވައި ޕްރިތާން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް އަމިއްލައަށް އެއްބަސްވެފައެވެ. ކްރިސްޓޮފާ އެންތޮނީގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމަށް ހެކިން ދިން ހެކިބަހުންނެވެ.

ކަނޑު މަގުން މަސްތުވާތަކެތި އެތެރެކޮށް ބިދޭސީން ވަނީ އެމްޕީއެލް ފާރު މަތިން އެތަކެތި އެއްލާލާފައެވެ. އެއީ ދިވެހިންތަކެއް އެތަކެތި ބަލާ އެތަނުގައި ތިއްބައެވެ. ފުލުހުންގެ ހައްޔަރުކުރި ދިވެހިންގެ ތެރެއިންވެސް ކުށް ސާބިތުވެފައިވަނީ ބައެއް މީހުންނަށެވެ.