Last Updated: June 27, 11:22
Saturday, June 27, 2026
ޚަބަރު

ޒައިދުލް އަމީން އެނބުރި ފުލުހުންގެ ބަންދަށް

މާލޭ ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީން 10 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށްފަހު އެނބުރި ފުލުހުންގެ ބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުން ޒައިދުލް އަމީންގެ ބަންދަށް ވަނީ 13 ދުވަސް ޖަހާފައެވެ. ފަނޑިޔާރަކު ބްލެކްމެއިލް ކުރި މައްސަލައެއްގައި ޒައިދު ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގައެވެ. އެފަހުން އޭނާގެ ބަންދު ވަނީ ހަތަރު ފަހަރު މަތިން އިތުރުކޮށްފައެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ޒައިދުލް އަމީންގެ ބަންދާއި ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ދީފައިނުވެއެވެ.