Last Updated: May 8, 20:00
Wednesday, May 8, 2024
ސިޔާސީ

މައުމޫނާއި ނަޝީދުގެ އުޅެނީ އިގްތިސާދު ފުނޑާލަން: ޝައިނީ

ފ.އަތޮޅު ސައުދީ ސަރުކާރަށް ވިއްކާލަން ސަރުކާރުން ރާވާފައިވާ ކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައި ފިޝަރީސް މިނިސްޓަރު އެކަން ދޮގުކޮށް ކުރީގެ ރައީސް މައުމޫނާއި ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޝައިނީ މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް މައުމޫނާއި ނަޝީދުގެ ޕްލޭނަކީ ދިވެހި ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑު ކޮށްލުން ކަމަށާއި ރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ޝައްކާއި ވަހުމް އުފެއްދުމަކީ އެބޭފުޅުންގެ ބޭނުން ކަމަށެވެ.

ޝައިނީ މިހެން ވިދާޅުވުމަށްފަހު ފ.އަތޮޅު ވިއްކާލަން އުޅޭ ވާހަކަ ދޮގުކޮށްފައިވާކަމަށް 'ސަން' އިން ރިޕޯޓުކޮށްފައިވެއެވެ. އަދި މިފަދަ ވާހަކަތައް ފެތުރުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް އޮތް ތާއީދު ގެއްލުވާލަން ކުރާ މަސައްކަތެއް ކަމަށް ޝައިނީ ބުނެފައިވެއެވެ.

އަންނަ މަހުގައި ސައުދީ ރަސްގެފާނު ރާއްޖެއަށް ޗުއްޓީ ހޭދަކުރެއްވުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރައީސް ޔާމީން ވަނީ މިދިޔަ މަހުގައި ފ.މަގޫދޫ ބަނދަރު ހުޅުވައިދިނުމަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވެފައިވަނީ ފ.އަތޮޅުގައި ރާއްޖޭގައި މިހާތަނަށް ފެނިފައިނުވާ ވަރުގެ ތަރައްގީގެ ބޮޑު މަޝްރޫއުތައް ރާވަމުންދާކަމަށް ވިދާޅުވެފައިވެއެވެ.