Last Updated: June 27, 11:22
Saturday, June 27, 2026
ޚަބަރު

ދުނިޔެއާ ވައްތަރު ޕްލެނެޓްތަކެއް ހޯދައިފި

ދުނިޔެއާއި އެއް ސައިޒެއްގެ 7 ޕްލެނެޓުތަކެއް ދުނިޔެއާއި 235 ޓްރިލިއަން މޭލު ދުރުން ނާސާ އިން ހޯދައިފިއެވެ.

ނާސާ އިން ހާމަކޮށްފައިވާ ގޮތުގައި މި ހަތް ޕްލެނެޓުގެ ތެރެއިން ތިން ޕްލެނެޓަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާ ޕެލެނެޓުތައް ކަމަށް ބެލެވޭ ކަމަށް ނާސާ އިން ހާމަކޮށްފައިވެއެވެ. ސަބަބަކީ މި ޕްލެނެޓްތައް ތަރީގެ ވަށައިގެން އެނބުރެމުން ދަނީ ދުނިޔެ ގޮތަށް ފެން އުފެދުމަށް އެކަށީގެންވާ ދުރުމިނެއްގައެވެ.

ޓްރެފިސްޓް-1 ގެ ނަމުން ނަން ދީފައިވާ މިތަރި ވަނީ ދުނިޔެއާއި 40 ލައިޓްއަހަރު ދުރުގައެވެ. މިއީ ދުނިޔެއާއި 235 ޓްރިލއަން މޭލު ދުރެވެ. އެންމެ ފުރަތަމަ މި ނިޒާމުގެ ޕްލެނެޓުތައް ހޯދާފައިވަނީ މިދިޔަ އަހަރު ޗިލީގައި ބެލްޖިއަމުން އޮޕަރޭޓު ކުރާ ޓްރެފިސްޓް ޓެލެސްކޯޕަކުންނެވެ. އެފަހަރު ފެނިފައިވަނީ އެންމެ ދެ ޕްލެނެޓެވެ. ނާސާ އިން ވަނީ މިހާރު އިތުރު 5 ޕްލެނެޓް ހޯދާފައެވެ.

ސައިންސުވެރިންގެ މިހޯދުމާއެކު ދުނިޔެ ނޫން އެހެން ޕްލެނެޓުތަކުގައި ދިރުން ވާތޯ އަދި އިންސާނުން ނޫން އެހެން ބަޔަކު އެފަދަ ތަންތަނުގައި ދިރިއުޅޭތޯ ހޯދުމަށް ފަސޭހަވެގެންދާނެއެވެ.