Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަނީ

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަން ތައްޔާރު ވާން ފަށައިފި އެވެ.

ކައުންސިލޔުން މިހާރު ވަނި ބައްދަލުވުން ބާއްވާނެ ތާރީހުތަކާއި ތަން ވެސް އިއުލާންކޮށްފަ އެވެ.

އެގޮތުން ހިތަދޫ ރައްޔިތުންނާ ބައްދަލު ކުރުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގެ ހޯލްގަ އެވެ. ބައްދަލުވުން ފަށާނީ 8:30 ގަ އެވެ.

ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ ރައްޔިތުންނާ ބައްދަލު ކުރުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ. އެ ބައްދަލުވުން އޮންނާނީ މަރަދޫ ބޮޑޮގޭގަ އެވެ، ފަށާނީ އެ ރޭ 8:30 ގަ އެވެ.

ހުޅުމީދޫ ރައްޔިތުންނާ ބައްދަލު ކުރުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެ އެވެ. އެ ބައްދަލުވުން އެ ރޭ 8:30 ގައި ސ. އަތޮޅު މަރަދުސާގަ އެވެ.

ކައުންސިލުން ރައްޔިތުންނާ އެކު ބާއްވާ މި ބައްދަލުވުންތަކަކީ ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓް ހުށަހެޅުމާއި، މި އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ޙިއްޞާކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.

އެކަމަކު މި ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަ ކުރެ އެވެ.