Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކައުންސިލް އިދާރާގެ މުވައްޒަފުން "މޯޓިވޭޓްކޮށްފި"

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މުވައްޗަޒަފުންނަށް "މޯޓިވޭޝަން" ގެ ނަމުގައި ޓްރޭނިން ޕްރޮގްރާމެއް ބާއްވައިފި އެވެ.

މިއީ ކައުންސިލާއި ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓް ގުޅިގެން ޖީއެސް ލެވެލް، އެމްއެސް ލެވެލް-1 އަދި އެމްއެސް ލެވެލް-2 ގެ ބައެއް މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.

ޖުމްލަ 27 މުވައްޒަފަކު ހިމަނައިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ ކަންތައްތައް ހައްލުކުރުމުގައި އެކަކު އަނެކަކަށް އެހީވުގެ މުހިއްމުކަމާއި ދިމާވާ ކަންކަމާއި ކުރިމަތިލުމުގައި ގެންގުޅެންވީ ރަނގަޅު ގޮތްތައް ވަނީ ދަސްކޮށް ދީފަ އެވެ.

އެވެ. މި ތަމްރީން ޕްރޮގްރާމުގައި އުނގަންނައިދެއްވެވީ ސިވިލް ސާވިސް ޓްރެއިނިންގް ސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރު އާފިޔާ އަބްދުލް ހާދީއެވެ.

މުވައްޒަފުންގެ ކުރިއެރުމާއި މަސައްކަތްތެރިކަމުގެ ހުނަރު އިތުރު ކުރުމުގެ ގޮތުން ކައުންސިލް އިދާރާއިން މިއަހަރަށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ ރާވައިފަ އެވެ.

އަދި ފާއިތުވި އަހަރުތަކުގައިވެސް ކައުންސިލް އިދާރާއިން ވަނީ މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގައިފަ އެވެ.