Last Updated: April 24, 17:43
Wednesday, April 24, 2024
މުނިފޫހިފިލުވުން

އެމްއެފްއޭ އަށް އެޑްވައިޒަރީ ބޯޑެއް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު – ފޮޓޯ : މަޖިލިސް

ފިލްމީ ދާއިރާގެ ކަންތައްތައް ބަލަހައްޓާ ޤައުމީ ފިލްމް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އަށް ލަފާދިނުމަށް އެޑްވައިޒަރީ ބޯޑެއް ހަމަޖައްސައިފިއެވެ.

ތިން މެމްބަރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެ ކޮމެޓީގެ މެމްބަރުން ކަމަށް އައްޔަން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އެވެ.

އެކަން އެގޮތަށް ކޮށްފައި ވަނީ ގިންގާ ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ކަމަށް ޤައުމީ ފިލްމް އެސޯސިއޭޝަންގެ ޗެއާޕާސަން ކަމަށްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ވިދާޅުވިކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އެތިން މެމްބަރުން އެޑްވައިޒަރީ ބޯޑަށް ހަމަޖައްސާފައި ވަނީ ވަރަށް ގިނަ ބޭފުޅުންގެ ނަންތައް ބެލުމަށްފަހު އެމަޤާމަށް އެންމެ ޤާބިލް ބޭފުޅުންނަކީ އެބޭފުޅުން ކަމުގައި ވާތީ ކަމަށްވެސް މުހައްމާ ވިދާޅުވިއެވެ.

އަލަށް އެކުލަވާލި އެޑްވައިޒަރީ ބޯޑްގެ ލަފާގެ މަތިން ފިލްމީ ދާއިރާގެ ޙަރަކާތްތައް އިތުރަށް ވަރުގަދަ ކުރެވި، އެދާއިރާ ކުރިއެރުވުމަށްޓަކައި ދާއިރާއިން ބޭރު ބައެއްގެ ޚިޔާލާއި އެއްބާރުލުން ލިބުމަކީ ފިލްމް އެސޯސިއޭޝަންގެ ޙަރަކާތްތައް އިތުރުވެ ކުރިއަރާނެ ކަމެއް ކަމަށްވެސް މުހައްމާ ވިދާޅުވިއެވެ.