Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ކޮކާ ކޯލާ ޕްރޮމޯޝަންގެ ނަސީބުވެރިން ބެންކޮކަށް ފުރައިފި

ކޮކަކޯލާއިން މީގެކުރިން ބޭއްވި ޓީ ޕާޓީގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ކޮކާ ކޯލާ ކުންފުނިން އާ އަހަރާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ "ކޮކާ ކޯލާ-ޓޭސްޓް ދަ ފީލިން" ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ބެންކޮކަށް ފުރައިފިއެވެ.

އެގޮތުން މިއަދު ބެންކޮކަށް ފުރާފައިވަނީ ޖުމްލަ 54 މީހުންނެވެ. އެއީ 27 ނަސީބުވެރިންނާއި އެނަސީބުވެރިންނާއި އެކު ދަތުރުކުރާ 27 ފަރާތް ކަމަށް މަޢުލޫމާތު ލިބެއެވެ.

ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 46 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ކޮކާ ކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައިވާ ނަންބަރު އެސްއެމްއެސް ކުރާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެން ނަސީބުވެރިން ވަނީ ހޮވާފައެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިންގެ ތެރެއިން 27 ފަރާތަކަށް އެމީހަކު ބޭނުން މީހަކާއިއެކު ބެންކޮކަށް ދިއުމުގެ ފުރުސަތު ލިބުނުއިރު، އެ ދަތުރުގެ ހުރިހާ ޚަރަދެއް ކޮކާ ކޯލާއިން ވަނީ ހަމަޖައްސާ ދީފައެވެ. އޭގެ ތެރޭގައި ދަތުރުގެ ޓިކެޓް، ކެއުމާއި ހުރުން އަދި ސައިޓް ސީން ހިމެނެއެވެ.

ހުރިހާ ނަސީބުވެރިންވެސް ބެންކޮކްގައި ތިބުމަށް ހަމަޖެހިފައި ވަނީ އެޤައުމުގެ ފަސްތަރީގެ ހޮޓަލެއްގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކޮކާ ކޯލާ ކުންފުނިން ހިނގި އެ ޕްރޮމޯޝަންގެ ދަށުން 54 ހަތަރު ފަރާތަކަށް ބެންކޮކްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެއެވެ. އެފަދަ އިތުރު ޕްރޮމޯޝަންތަކެއް މި ހިނގާ 2017 ވަނަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.