Last Updated: April 19, 18:08
Friday, April 19, 2024
ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑު ޔޫރޮޕާ ލީގުގެ ކުއާޓާއަށް

ޔުއެފާ ޔޫރޮޕާ ލީގުގެ ރައުންޑް އޮފް 16 ގައި މެންޗެސްޓާ ޔުނައިޓެޑާއި ސެއިންޓް އެޓިއެން ބައްދަލުކުރި މެޗުގެ ދެވަނަ ލެގުވެސް ޔުނައިޓެޑު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ 0-1 އިންނެވެ. މިނަތީޖާއާއެކު ހޯމް ގައި 0-3 އިން މޮޅުވެ، އެގްރިގޭޓުން 0-4 އިން ޔުނައިޓެޑު މޮޅުވެ ޔުނައިޓެޑު ވަނީ ކުއާޓާއަށް ގޮސްފައެވެ.

ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖަހާފައިވަނީ ހެންރިކް މިޚިތަރިޔާންއެވެ. ދެވަނަ ހާފުގައި ޔުނައިޓެޑު ޑިފެންޑަރު، އެރިކް ބެއިލީއަށް ދެ ރީނދޫ ކާޑު ދައްކައި ރެފްރީ ވަނީ ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލާފައެވެ. މި ރަތް ކާޑުގެ ސަބަބުން ކުއާޓާގެ ފުރަތަމަ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ރޭގެ މެޗުގައި ގޯލު ޖެހި މިޚިތަރިޔާންއާއި މިޑްފީލްޑަރު ކެރިކްއަށް ވަނީ އަނިޔާވެފައެވެ. މޮރީނިއޯ މެޗަށް ފަހު ދިން އިންޓަވިއުގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އަނިޔާގެ ސަބަބުން އަންނަ އާދީއްތަ ދުވަހު ކުޅޭ އީއެފްއެލް ކަޕުގެ ފައިނަލުގައި ދެކުޅުންތެރިންނަށްވެސް ނުކުޅެވޭނެ ކަމަށް ބެލެވެއެވެ.

މިސީޒަނުގައި ޔުނައިޓެޑަށް އެންމެ މުހިއްމު ދެކުޅުންތެރިންގެ ގޮތުގައި ފާހަގަވެފައިވާ މައިކަލް ކެރިކާއި ހެންރިކް މިޚިތަރިޔާންގެ އަނިޔާއާއެކު ގިނަ ސަޕޯޓަރުން ވަނީ ފައިނަލްގެ ކުރިން ކަންބޮޑުވުމަކާއި ކުރިމަތިލާން ޖެހިފައެވެ.