Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޖަންކްޝަން ސާފު ކުރުމަށް ފަހު ގެންދިޔަ ނަޖިސް ލިންކް ރޯޑަށް

ލިންކް ރޯޑަށް ނަޖިސް ލީކްވެފައި. ފޮޓޯ: ހަސަން ފަނާޒް

ނަރުދަމާ ނިޒާމެއް ސާފުކުރުމަށް ފަހު ނަޖިސް ހިފައިގެން ދިޔަ އެމްއާރްޑީސީގެ ވެހިކަލަކުން ލީކުވެ ލިންކް ރޯޑުގެ ބޮޑު ބަޔަކަށް ނަޖިސް އެޅިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވެހިކަލަކީ މަރަދޫގެ ގެއެއްގެ ޖަންކްޝަން ސާފުކުރުމުގެ މަސައްކަން ނިންމާފައި ދިޔަ ވެހިކަލެކެވެ.

ހަންކެނޑެ ބްރިޖް އިން ފެށިގެން މަރަދޫ އާއި ވީ ކޮޅަށް ލިންކް ރޯޑްގެ ބޮޑު ބަޔަކަށް ވަނީ ލީކުވި ނަޖިސް ސާފުކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި ނަޖިސް ލީކް ވާކަން އެމްއާރްޑީސީގެ ވެހިކަލްގައި ތިބި މީހުންނަށް އެނގުނީ، މަގުން ދަތުރުކުރި މީހުންނަށް އެމަންޒަރު ފެނިގެން ބުނުމުން ކަމަށެވެ.