Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ރާއްޖޭގެ އެންމެ އުތުރުގައި ބީއެމްއެލްގެ ދެބްރާންޗެއް ހުޅުވައިފި

އިހަވަންދޫ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތު: ފޮޓޯ - ބީއެމްއެލް

ދިވެހިރާއްޖޭގެ އެންމެ އުތުރުން ހ.އ އިހަވަންދޫ އާއި ހޯރަފުށީގައި މިއަދު ބީއެމްއެލްގެ ދެ ބްރާންޗެއް ހުޅުވައިފިއެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕެއިނުގެ ދަށުން މުޖުތަމައަށް ލާބަހުރި ކަމެއް ކޮންމެ ދުވަހަކަވެސް ކުރަމުންދާއިރު މިއަދު ވަނީ ރާއްޖޭގެ އުތުރުގެ ރައްޔިތުން ގިނަ ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާފައެވެ.

އިހަވަންދުއާއި ހޯރަފުށީގައި ހުޅުވުނު ދެބްރާންޗުން ފައިސާ ޖަމާކުރުމާއި ލޯނު ދޫކުރުން އަދި ކާޑުގެ ޚިދުމަތް ރަށުގެ ރައްޔިތުންނަށް އޮފީސް ގަޑިތަކުގައި ރަށުން ލިބިގެންދާނެއެވެ. އަދި 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމް މެޝިންވެސް ވަނީ ބެހެއްޓިފައެވެ.

ބީއެމްއެލްގެ ސީއީއޯ މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވެފައިވަނީ ހުޅުވުނު އާބްރާންޗުތަކާއެކު ސަރަހައްދުގެ ރައްޔިތުން އިގްތިސޯދުގެ ގޮތުން އިތުރަށް ކުރިއަރާ ދިއުމަށް ވެދެވޭ އެހީއަކީ ބޭންކަށް ލިބޭ އުފަލެއް ކަމުގައެވެ.