Last Updated: June 25, 23:09
Thursday, June 25, 2026

ރ. ކުޑަފުށިން ވިހަގަދަ ހަރުފައެއް ފެނިއްޖެ

ރ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ކުޑަފުށިން ވިހަގަދަ ހަރުފައެއް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ފެނިފައިވަނީ މޫދުގައި ދިރިއުޅޭ "ޔެލޯ ބެލިޑް" ނަމަކަށް ކިޔާ ވިހަގަދަ ހަރުފައެކެވެ.

މިހަރުފައިގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ފުލުހުން ބުނީ އެފަދަ މައުލޫމާތެއް ފުލުހުންނަށް އަދި ހުށަހަޅާފައި ނުވާކަމަށެވެ.

"ޔެލޯ ބެލިޑް" ހަރުފަ މީހެއްގެ ގައިގައި ދަށް އަޅައިފިނަމަ އޭގެ ވިހައިގެ ސަބަބުން މީހާ ޕެރެލައިޒްވެ، ނުވަތަ މަރުވުން އެކަށީގެންވެއެވެ. މީގެ ހަރުފައެއް އަދި މިހާތަނަށް ރާއްޖޭގެ ސަރަހައްދުން ފެނިގެން ރިޕޯޓް ކޮށްފައި ނުވެއެވެ.