ލެސްޓާއަށް މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ތަށި ހޯދައިދިން، ފީފާގެ އަހަރުގެ މޮޅު ކޯޗު، ކްލައުޑިއޯ ރަނެއޭރީ މަގާމުން ވަކިކުރުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯ ހިތްހެޔޮ ބަސްތަކެއް ރައްދުކޮށްފިއެވެ.
މިދިޔަ ސީޒަނުގައި ގިނަ ބަޔަކު ހައިރާންކޮށް ޕްރިމިއާ ލީގު ތަށި ހޯދިތާ 238 ދުވަސް ފަހުން ރަނެއޭރީ މަގާމުން ވަކިކޮށްފައިވަނީ ފަހަކަށް އައިސް ޓީމަށް ލިބެމުން އަންނަ ދަށް ނަތީޖާއާ ގުޅިގެންނެވެ.
ރަނެއޭރީގެ ވަކިކުރުމާއި ގުޅިގެން އޭގެ ކުރީ ސީޒަނުގައި ޗެލްސީއަށް ލީގު ހޯދައި ދީ، ޖެހިގެން އައި ސީޒަނުގައި ކުލަބުން ވަކިކުރި ޖޯސޭ މޮރީނިއޯ ވަނީ އިންސްޓަގްރާމްގައި ހިތްވަރުދިނުމެ މެސެޖެއް ލިޔެފައެވެ.
https://www.instagram.com/p/BQ302Ucgpc_/?taken-by=josemourinho&hl=en
މޮރީނިއޯ ބުނެފައިވަނީ މިއަދުގެ ފުޓުބޯޅައިގެ ހަގީގަތަކީ މިއީ ކަމަށާއި އެއްވެސް މީހަކަށް ރެނެއޭރީ ލިޔުނު ތާރީޚު ބަދަލު ނުކުރެވޭނެ ކަމަށެވެ. މޮރީނިއޯގެ އިތުރުން ފުޓުބޯޅައިގެ އެކި ފަރާތްތަކުން ވަނީ ރަނެއޭރީއާ މެދު ކުލަބުން ކަންކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔާފައެވެ.