ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
" ބުލޫ ފިޝް 1 " ނަމަކަށް ކިޔާ މި ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ 20 ވީ ހޯމަ ދުވަހު ކ.އަތޮޅު ދިއްފުށި ބޭރުގައި އޮއްވާ ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.
މިދޯނިން ދަތުރުކުރީ 12 މީހުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މަޢުލޫމާތު ލިބިފައި ވަނީ މިއަދު 17:55 ހާއިރުއެވެ.
މިދޯންޏަކީ ދިގުމުގައި 87 ފޫޓް ހުރި ދޯންޏެކެވެ. އަދި މިދޯނީގެ ބޭރުގައި ގަދަ ނޫކުލައިގެ ދަވާދު ލާފައިވާއިރު ދޯނީގެ ގެ ގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތުލިބިފައި ވެއެވެ.
މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ