Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ނަޗް ބަލިޔޭ 8" ގެ ޖަޖަކަށް މޯހިތު

ހިންދީ ޑާންސް ރިއަލިޓީ ޝޯ ކަމަށްވާ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ 'ނަޗް ބަލިޔޭ' ގެ އަށް ވަނަ ސީޒަން ވަރަށް އަވަހަށް ޓީވީ އިން ފެށުމަށް ހަމަޖެހިފައިވާއިރު، އެ ޝޯގެ އެއް ފަނޑިޔާރަކަށް މޯހިތް ސޫރީ ހަމަޖައްސައިފިއެވެ.

މީގެ ކުރިން ރިޕޯޓްތަކުން ވަނީ މަޝްހޫރު ނެށުންތެރިޔާ އަދި ކޮރިއޯގްރާފާ ކަމަށްވާ ޓެރެންސް ލުއިސް ވެސް އެޝޯގެ ފަނޑިޔާރެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ކަށަވަރު ކޮށްދީފައެވެ. އެ ޝޯގެ ދެވަނަ ފަނޑިޔާރަކަށް ހަމަޖައްސާފައިވާ މޯހިތު ސޫރީ އަކީ ވަރަށް މަޝްހޫރު ޑައިރެކްޓަރެކެވެ.

ޝޯގެ ތިންވަނަ ފަނޑިޔާރަކީ ކާކުކަން އަދި އެނގިފައި ނުވިނަމަވެސް، ޤަބޫލު ކުރެވޭ ގޮތުގައި އެޖާގަ ލިބިގެން ދާނީ ބޮލީވުޑްގެ މަޝްހޫރު ތަރިއަކަށެވެ.

ނަޗް ބަލިޔޭގެ އަށްވަނަ ސީޒަނުން ފެނިގެންދާނެ ބައެއް ތަރިންގެ ތެރޭގައި ވިކާސް މަނަކްތަލާ، އަރްޖުން ބިޖްލާނީ، މޮނަ ލީސާ އާއި އެތަރިންގެ ބައިވެރިންގެ ހިމެނެއެވެ.

'ނަޗް ބަލިޔޭ 8' ހުށައަޅައިދޭނެ ހޯސްޓް އަކީ ހެއްވާ މަޖާ އެކްޓްރެސް އުޕަސްނާ ސިންގް އެވެ.