Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

"އައްޑޫ އިންވެސްޓާސް ފޯރަމް" މާޗް 4 ގައި

ޝަންގްރިއްލާ ރިސޯޓްގެ ބީޗްވިލާއެއް

އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް ޚާއްޞަކޮށް ބާއްވަވާ "އައްޑޫ އިންވެސްޓާރސް ފޯރަމް" މާރިޗް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އައްޑޫ އިންވެސްޓާސް ފޯރަމަކީ، ކުރު މުއްދަތެއްގެ ތެރޭގައި އައްޑޫ ސިޓީގައި ޓޫރިޒަމް ބެޑް އިތުރުކުރެވޭނެ ގޮތްތައް ބަލައި އައްޑޫގައި ޓޫރިޒަމް ފުޅާކުރުމުގެ މަޤްޞަދުގައި ޓޫރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީން) ބާއްވާ ފޯރަމެކެވެ.

ގަމުގައި ހުންނަ އިކްއޭޓަރ ވިލެޖްގައި ބާއްވާ މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފޯރަމްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވެސް ބައިވެރިވެ ވަޑައިގަންނަަވާނެއެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި އައްޑޫސިޓީގައި ފަސް ހާސް ޓޫރިސްޓް ބެޑް ތަރައްޤީކުރުމަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަޢުދުފުޅެކެވެ. އެހެން ނަމަވެސް، ފާއިތުވި 3 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އައްޑޫގައި ޓޫރިސްޓް ބެޑް ތަރައްޤީ ކުރުމުގެ މަސައްކަތެއް ފެށިފައެއް ނުވެއެވެ.

އެގޮތުން 2015 ވަނަ އަހަރުގެ އެޕްރީލް 31 ވަނަ ދުވަހު އިފްތިތާޙް ކުރި އިސްމެހެލާ ހެރަ ޕްރޮޖެކްޓް ވެސް ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.