ސުކޫލް ކުއްޖަކަށް ބަރަހަނާ ވީޑިއޯ ފޮނުވި މައްސަލަ ފެންމަތިވި ފުލުހުންގެ އޮފިސަރު ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކޮށްފައި ވަނީ ލ އަތޮޅު ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް ހުރި ޕޮލިސް ސްޓާފް ސާޖެންޓެކެވެ.
އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރިކަން ފުލުހުންގެ މީޑިޔާ އޮފިޝަލް ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ފުލުހުންގެ ވަޒީފާއިން ވަކި ކުރި އޮފިސަރަކީ އެހެން ޕޮލިސް ސްޓޭޝަނެއްގައި ކުރިން މަސައްކަތް ކުރިއިރުވެސް ބަދުއަހުލާގީ މައްސަލައެއް ފެންމަތިވި އޮފިސަރެކެވެ. އެފަހަރު މައްސަލަ ދިމާވީ މީހެއްގެ އަންބަކާއި އެކު އެކަހެރިކޮށް އުޅުނު މައްސަލައެއް ފަޅާ އެރުމުންނެވެ.
ނަމަވެސް އެފަހަރު އޭނާއާއިމެދު ފުލުހުންގެ އިދާރާއިން އެއްވެސް ފިޔަވަޅު އަޅާފައެއް ނުވެއެވެ.