Last Updated: June 27, 10:07
Saturday, June 27, 2026
ޚަބަރު

ހުރިހާ ގައުމަކަށް ދިޔަ މީހާގެ ތިން ވަނަ ރާއްޖެ އަށް

ފުރަތަމަ ފަހަރަށް ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމުގެ ޝަރަފު ހޯދި އެމެރިކާގެ އަންހެން މީހާއަށް މުޅި ދުނިޔެއިން ތިންވަނައަށް އެންމެ ކަމުދިޔަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.

އެމެރިކާއަށް އުފަން 27 އަހަރުގެ ކެސެންޑްރަ ޑި ކެޕޯލް ވަނީ 2015 އަހަރު ޖުލައި މަހު ހުރިހާ ގައުމަކަށް ދަތުރުކުރުމަށް ދަތުރު ފަށާފައެވެ. އޭނާ ވަނީ 18 މަހާއި 26 ދުވަހުގެ ތެރޭގައި އަމާޒު ހާސިލް ކޮށްފައެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕީސް ތްރޫ ޓޫރިޒަމް ގެ އެހީތެރިކަމާއެކު ކެޕޯލް ކުރި މިދަތުރު ނިންމާލުމަށްފަހު އޭނާއަށް އެންމެ ބޮޑަށް ކަމުދިޔަ 10 ޤައުމު ވަނީ ހޮވާފައެވެ.

ކޮންމެހެންވެސް ދަތުރުކުރަންޖެހޭ ކަމަށް އޭނާ ދެކޭ 10 ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތީ ދިވެހި ރާއްޖެއެވެ. ރާއްޖެ މިމަގާމު ހާސިލުކޮށްފައިވަނީ ދުނިޔޭގެ އެންމެ ނޫ މޫދާއި އެންމެ ހުދު ދޮންވެއްޔާއި އެންމެ ރީތި ފިނޮޅުތައް ލައްވާފައިވާތީއެވެ.