މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ވައިބާ މެސެޖް މެދުވެރިކޮށް މަރުގެ އިންޒާރު ދީފިއެވެ.
އިންތިގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ނަމެއް ނުބުނާނަން" ނަމަކަށް ޖަހާފައިވާ މީހަކު ވައިބާ މެސެޖެއްގައިި ވަޅިން ހަމަލާ ދީ މަރާލާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"Kaley valhi haraa maraanan" kamah bune +960 9806306 viber numberun alhugaduge phone ah reyga fonuvi SMSeh. @MNDF_Official @PoliceMv @hrcmv pic.twitter.com/tNrr7cAbKM
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) February 24, 2017
އިންތިގެ މި ޓުވީޓާއި ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ފުލުހުންނަށް މިމައްސަލަ ވަގުތުން ބެލުމަށް ގޮވާލައްވާފައެވެ.
I call @PoliceMv to investigate death threat on MP @Imthiyazfahmy !With the assistance of service providers police should catch the culprit! https://t.co/MDu3iWvaNT
— Abdulla Riyaz MP (@riyazabdulla) February 24, 2017
މިމައްސަލަ މިހާރު ފުލުހުން ދަނީ ބަލަމުންނެވެ. ނަމަވެސް އަދި އިންޒާރު ދިން މީހަކު ހޯދިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ވަނީ ވަޅިން ނުރައްކާތެރި ހަމަލާއެއް ދީފައެވެ،