Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ގަންނަ ކޮންމެ ސައިކަލަކަށް އައްޑޫ ޝީޝާ އިން ހެލްމެޓެއް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރި ކުރަމުން އަންނަ ޝީޝާގެ އައްޑޫ ޝޯވްރޫމްއިން ގަންނަ ކޮންމެ ސައިކަލަކަށް "ހޮންޑާ" ހެލްމެޓް ދޫކުރަން ފަށައިފިއެވެ.

ޝީޝާ އައްޑޫ ޝޯވް ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިދިޔަ ހަފްތާތެރޭގައި ސައިކަލް ބައްލަވައިގަތް ފަރާތްތަކަށް ވަނީ ހެލްމެޓް ހަވާލުކޮށްދީފައެވެ.

މި ރަސްމިއްޔާތުގައި ޝީޝާގެ ހެޑް އޮފް މާކެޓިން ފާޠިމަތު ޖުމާން ވިދާޅުވީ އެކުންފުނިން މިއަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ އައްޑޫގައި "ރޯޑް ސޭފްޓީ އެވެއާނަސް" ކުރިއަށް ގެންދިއުމަށްކަމަށެވެ. އެގޮތުން އައްޑޫން ބައްލަވައިގަންނަވާ ކޮންމެ ސައިކަލަކަށް ހެލްމެޓެއް ދޭން ފެށީ، އައްޑޫގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެ، އެކަން މަދު ކުރުމަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ފެށުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން ޝީޝާއިން މިއަދު މި ފެށި ހަރަކާތަކީ އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓް މަދު ކުރުމަށާއި އެކްސިޑެންޓްގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ހެލްމެޓް ސައިކަލްތަކާއި އެކު ދޫކުރަން، މި ކަން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި"

ޝީޝާއިން ފެށި ރޯޑްސޭފްޓީ ކެމްޕެއިންގައި ބޭނުން ކުރަނީ ކުކުޅު ބިހެއް ތެޅިފައިވާ މަންޒަރާއި މެސެޖް ހިމެނޭ ޕޯސްޓަރެކެވެ. އޭގެއިން ބުނެދެނީ އިންސާނާ އަކީ ކުކުޅު ބިހެއްހާ ނާޒުކު އެއްޗެއް ކަމަށާއި ތެޅިފައިވާ ކުކުޅު ބިހާއި އެކު ބުނެފައިވަނީ ފަހަރުގައި "މިއީ ތިބާ ކަމަށް ވެސް ވެދާނެކަަމަށެވެ"

ޝީޝާއިން މިއަދު ހެލްމެޓް ދޭން ފެށިއިރު އެކުންފުނިން ވަނީ "އައްޑޫލައިވް" އާއި ގުޅިގެން އަހަރު ދުވަހަށް މަގުމަތީގެ ރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުމުގެ ކެމްޕެއިންއެއް ފެށުމަށް އެއްބަސްވެފައެވެ.

މީގެ 20 އަހަރު ކުރިން، 1997 ވަނަ އަހަރު ހޮންޑާގެ ސޯލް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ހިންގަން ފެށި ޝީޝާއަކީ މިއަދުވެސް އިތުބާރާއި ޔަގީން ކަމަާއި އެކު ހޮންޑާގެ ސައިކަލް ރާއްޖެ އެތެރެކޮށް ވިއްކާ ރާއްޖޭގެ ހަމައެކަނި ޑިސްޓްރިބިއިޓަރއެވެ. އެކުންފުނިން ވަނީ ހޮންޑާ ސައިކަލް ތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ހޮންޑާ މޯލްޑިވްސް ވެބް ސައިޓް ވަނީ މިދިޔަ މަހު ލޯންޗްކޮށްފައެވެ.