މަޝްހޫރު ކަށީގެ ޑޮކްޓަރު ޑރ. ހަބީބް އާ އައިޖީއެމްއެޗް ހިންގުން ހަވާލުކޮށްފި އެވެ.
ސ.ހިތަދު އަށް އުފަން ޑރ. ހަބީބް އާ އައިޖީއެމްއެޗް ހިންގުން ހަވާލު ކުރީ އިއްޔެ އެވެ.
ޑރ. ހަބީބް އާ އައިޖީއެމްއެޗް ހިންގުން ހަވާލު ކުރީ ކުރިން އެތަން ހިންގަމުންއައީ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ޑރ. ހަބީބް އައިޖީއެމްއެޗް ހިންގުމަށް ހަވާލުކުރުމުގެ ކުރިން ހުންނެވީ އެހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާގެ ގޮތުގަ އެވެ.
އައިޖީއެމްއެޗް ހިންގުމަށް ޑރ ހަބީބް އާ ހަވާލު ކުރެވުނު އިރު އެތަނުގެ ފެންވަރު ވަނީ ވަރަށް ދަށައް ގޮސްފައެވެ. އެހެންވެ އައިޖީއެމްއެޗްގެ ފެންވަރު ރަނގަޅުކުރުމަކީ އަދިވެސް ހޮސްޕިޓަލްގައި ކުރަން ޖެހޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ސިއްހީ ދާއިރާގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.