Last Updated: March 29, 17:30
Friday, March 29, 2024
މުނިފޫހިފިލުވުން

ޖައިޝާ އައިޑޮލްގެ ގަދަ 12 އަށް

ޕީއެސްއެމްގެ ފަރާތުން ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ރިއަލިޓީ ޝޯވް "މޯލްޑިވިއަން އައިޑޮލް"ގެ ގަދަ 12 އިން މުބާރާތުގައި މިހާރު ހިމެނޭ ހަަމައެކަނި އައްޑޫ ލަވަކިޔުންތެރިޔާ އައިޝަތު ޖައިޝާ ވަހީދު ޖާގަ ހޯދައިފިއެވެ.

ހުޅުދޫއަށް ނިސްބަތްވާ ޖައިޝާ (ޖައި) ގާލާ ރައުންޑަށް ކޮލިފައިވިއިރު، އޭނާގެ ހުށަހަޅައިދިނުންތަކަށް ބޮޑު ތަރްހީބެއްވަނީ ލިބިފައެވެ.

ޕިއާނޯ ރައުންޑް ދެވަނަ ބުރު ނިންމާލިއިރު މުބާރާތުގެ ގަދަ 12އަށް ކޮލިފައިވެފައިވާ 6 ލަވަކިއުންތެރިން

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން – ފޮޓޯ: ޕީއެސްއެމް

-އަޙްމަދު ނަބީލް މުޙައްމަދު

– ޙަމޫދު އަޙްމަދު

– ޙަސަން އިރުފާން

– އަޙްމަދު ފަރާޝް

– އައިޝަތު ޖައިޝާ ވަޙީދު

– ޢަބްދުﷲ ހިޝާން

މުބާރާތުން އަލްވަދާއު ކިޔާފައިވަނީ

-އަޙްމަދު މާއިޝް ނިޔާޒް

– ޙުސެއިން ސަމާޙް

ޕިއާނޯ ރައުންޑުގެ ރޭގެ ޝޯވގައި 8 ބައިވެރިންގެ ފަރާތުންވެސް ތަފާތު މޮޅު ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. ރޭގެ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން ގާލާ ރައުންޑަށް ދަތުރުކުރި 6 ބައިވެރިންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތަ މާކްސް އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޖުމްލަ ޕޮއިންޓުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބުނު 6 ބައިވެރިންނެވެ.