Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ފ. އަތޮޅު ވިއްކުން ހުއްޓުވަން އެމްޑީޕީން ގަރާރެއް

ފ. އަތޮޅު ވިއްކިޔަ ނުދޭން ސަރުކާރަށް ބާރު އެޅުމަށް ގަރާރެއް އިދިކޮޅު އެމްޑީޕީން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖްލިސްއިން ރޭ ބޭއްވި ބައްދަލުވުމުގައި ފ. އަތޮޅު ވިއްކާލަން އުޅޭތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށްގެން ނަމަވެސް އެކަން ހުއްޓުމަށް ހުށަހެޅި ގަރާރު ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 40 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ގައުމީ މަޖްލިސްއިން ރޭ ވަނީ ފ. އަތޮޅު ވިއްކުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ދިރާސާ ކުރުމަށް 10 މެމްބަރުންގެ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ.

ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ އަޑުފެތުރުމާއި ގުޅިގެން ދިވެހިންގެ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ހިމެނިވަޑައިގަންނަވައެވެ.