Last Updated: April 19, 10:24
Friday, April 19, 2024
ޚަބަރު

މާރާމާރި ހުއްޓުވުމަށް ދިޔަ ފުލުހުން ހަށިވިއްކާ މީހަކު ހައްޔަރުކޮށްފި

ހުސްނޫގެ ބަލައި ފާސް ކުރުމަށް ފަހު ފުލުހުން ބައެއް ތަކެތި ގެންދަނީ. ފޮޓޯ: އައްޑޫލައިވް

ރޭ މާލޭގައި މާރާމާރީއެއްގެ ރިޕޯޓު ލިބިގެން އެތަނުގައި ހަރަކާތްތެރިވާން ދިޔަ ފުލުހުން އެތާ ކައިރީ ހުރި ގެސްޓް ހައުސްއަކުން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިގޮތަށް އަމަލު ކޮށްފައިވަނީ އެތަނަށް ދިއުމުން އެސަރަހައްދުގައި ތިބި އާންމުންގެ ފަރާތުން ލިބުނު މައުލޫމާތަކާއި ގުޅިގެން ގެސްޓް ހައުސްއަށް ވަދެ ހަށި ވިއްކުމުގެ އަމަލު ހިންގަމުންދާ ކަމަށް ޝައްކުކުރެވިގެންނެވެ.

މިކަމާއި ގުޅިގެން ހައްޔަރު ކުރި މީހާއަކީ ކޮން ގައުމުގެ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް ފުލުހުން ވަނީ ރިޕޯޓު ކުރެވުނު މާރާމާރީ އާއި ގުޅިގެން ދެ ބިދޭސީން ވެސް ރޭގައި ހައްޔަރުކޮށްފައެވެ.

މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި ބިދޭސީންގެ ތަފްސީލެއްވެސް މިހާތަނަށް ލިބިފައިނުވެއެވެ.