Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ސްވެންސީ ބަލިކޮށް ޗެލްސީ ލީގު ހޯދުމާއި ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ސްވެންސީ ބައްދަލުކުރި މެޗު 1-3 އިން މޮޅުވެ ޗެލްސީ ލީގު ތަށި ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

މިމޮޅާއެކު ލީގު ތާވަލުގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު ގިނަ ބަޔަކު ދެކޭ ގޮތުގައި މިސީޒަނުގެ ޗެމްޕިއަނުންގެ ފެވަރިޓަކީ ޗެލްސީއެވެ. މެޗުގެ ފުރަތަމަ ގޯލު 19 ވަނަ މިނެޓުގައި ޖަހާފައިވަނީ ފެބްރިގާސްއެވެ.

ސެވެންސީއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ދެވަނަ ހާފުގެ ބޮޑުބައި ހަމަހަމަ ނަތީޖާއެއްގައި އޮއްވާ ޗެލްސީއަށް ދެވަނަ ފަހަރަށް ލީޑު ނަގާދިނީ 72 ވަނަ މިނެޓުގައި ޕެޑްރޯއެވެ.

މެޗު ނިމެން ކައިރިވެފައިވަނިކޮށް ޗެލްސީއަށް މޮޅު ކަށަވަރުކޮށްދީފައިވަނީ ޑިއެގޯ ކޮސްޓާ ޖެހި ގޯލަކާއެކުގައެވެ. ފެބްރިގާސްގެ 300 ވަނަ ޕްރިމިއާ ލީގު މެޗުގައި އޭނާ ވަނީ އަދިވެސް އޭނާގެ މުހިއްމު ރޯލު ޗެލްސީއަށް ބޭނުންވާ ކަން ދައްކާދީފައެވެ.