Last Updated: April 24, 23:11
Thursday, April 25, 2024
ވިޔަފާރި

އިންޑިޔާ މުދާ އެތެރެކުރުން ގިނަ ކުރަން ފެއާއެއް

އިންޑިޔާއިން ރާއްޖެއަށް އެތެރެކުރާ މުދާ މިހާރަށްވުރެ ގިނަ ކުރުމަށް ފެއާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޯގަނައިޒޭޝަނުން އިންތިޒާމް ކުރާ މިފެއާ އަންނަ އެޕްރިލް މަހުގެ 19-17 އަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން ނެރުނު ނޫސްބަޔާނެއްގައި ވެއެވެ.

މިފެއާގައި ދެކުނު އިންޑިޔާގެ ކެރެލާ ވިޔަފާރިވެރިން ބައިވެރިވާނެ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ކެރެލާ ވިޔަފާރިވެރިން އެތެރެ ކުރާ މުދާ ރާއްޖޭގެ ވިޔަފާރިވެރިންގެ އިތުރުން އާންމުންނަށް ވެސް ދެއްކުމަށް މިފެއާ ގައި ހަމަޖެހިފައިވެއެވެ.

މިފެއާގައި ބައިވެރިވުމަށް ވިޔަފާރިވެރިންނަށް މިހާރު ފުރުސަތު ހުޅުވާލެވިފައިވާއިރު އެކްސްޕޯޓް އޯގަނައިޒޭޝަނުން ބުނެފައިވަނީ މިއީ ވިޔަފާރިވެރިންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމުގައެވެ.

މިއީ އިންޑިއަން އެކްސްޕޯޓް އޯގަނައިޒޭޝަނާއި އިންޑިއާގެ މައި ސަރުކާރުގެ ކޮމާސް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީއާ ގުޅިގެން ބާއްވާ ފެއާއެކެވެ. އާންމުގޮތެއްގައި ކާޑުގެ ބާވަތްތަކާއި ތަރުކާރީ މޭވާ އަދި އަންނައުނު ރާއްޖެ އެތެރެކުރަނީ އިންޑިޔާއިންނެވެ.