Last Updated: April 19, 22:14
Friday, April 19, 2024
ކުޅިވަރު

ކޯޗް ބޭރުކޮށްލުމުގައި އަހަރެންގެ ދައުރެއް ނެތް: ވާޑީ

ލެސްޓާ ސިޓީގެ މެނޭޖަރުކަމުން ކުލަބުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ކޯޗު ކްލައުޑިއޯ ރަނެއޭރީ ވަކިކުރުމަށް މެނޭޖުމެންޓުގައި އެދުނު ވާހަކަ މީޑިޔާ ތަކުން ފަތުރާފައިވާ ކަމަށާއި އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ފޯވާޑު ޖޭމީ ވާޑީ ބުނެފިއެވެ.

ވާޑީ ބުނެފައިވަނީ ކޯޗު ވަކިކުރި ޚަބަރު އަޑު އެހީ ހިތްދަތި ކަމާއެކު ކަމަށާއި ކޯޗު ބޭރުކުރުމަށް އޭނާގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މީޑިޔާތަކުން އޭނާ ރަނެއޭރީ ވަކިކުރުމަށް ބާރުއެޅި ކަމަށް ޚަބަރު ފަތުރާފައިވާ ވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމުގައެވެ.

ރަނެއޭރީ ވަނީ އަބަދުވެސް ހުރިހާ ކުޅުންތެރިންގެ އިހުތިރާމް ހޯދާފައި ކަމަށާއި އޭނާއަކީ މިހާތަނަށް މަސައްކަތް ކުރި އެންމެ ރަނގަޅު ކޯޗުކަމަށް ވާޑީ ބުނެފައިވެއެވެ.

މީގެ އިތުރުން ކޯޗު ވަކިކޮށްފައިވަނީ ކޯޗުގެ ކުށަކުން ނޫން ކަމަށާއި ކުޅުންތެރިން މިސީޒަނުގައި ކޯޗު ދެރަ ކޮށްލާފައިވާކަމަށް ވާޑީ ބުނެފައިވެއެވެ.

ރަނެއޭރީގެ ލެސްޓާ މެނޭޖަރެއްގެ ގޮތުގައި މެނޭޖްކުރި އެންމެ ފަހު މެޗުގައި ވާޑީ ވަނީ ނުވަ މެޗު ގޯލެއް ނުޖެހި ދިޔަ ދިއުން ނިމުމަކަށް ގެންގޮސްފައެވެ. ސެވިއާ އަތުން ލެސްޓާ 1-2 އިން ބަލިވި ނަމަވެސް ހޯމް މެޗުގައި ސެވީއާ ބަލިކުރެވިއްޖެނަމަ ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ.