އިންޑިއާގެ ޖަބަލްޕޫރްގެ ސްކޫލެއްގެ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ 12 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް އުމުރުން ފަސް އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
އެ އަންހެން ކުއްޖާގެ މަންމަ ނިޔާވެފައި ވާއިރު، ބައްޕަ ދަނީ ޖަލުގައި ޙުކުމެއް ތަންފީޒް ކުރަމުންނެވެ. އެހެންކަމުން އެކުއްޖާ ދިރިއުޅެމުން ދަނީ އެ ސިޓީގެ ކުޑަކުދިންގެ ހިޔާއެއްގައެވެ.
ޖަބަލްޕޫރް ފުލުހުންގެ ސުޕާއިންޓެންޑެންޓް އިންދްރަޖީތު ބަކަލްވާރް ވިދާޅުވީ އެކުއްޖާގެ ރޭޕް ކުރި ކަމުގެ ތުހުމަތު ބޮޑަށް ކުރެވެނީ 12 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް ކަމަށާއި، އެ ފިރިހެން ކުއްޖާ ކިޔަވަމުން އަންނަނީ އަންހެން ކުއްޖާވެސް ކިޔަވާ ސްކޫލްގައި ކަމަށެވެ.
ފުލުހުން ޝައްކު ކުރާ ގޮތުގައި އެކަމުގެ އިތުރު ދެމީހަކު ޝާމިލްވެއެވެ. އެދެމީހުންނަކީ ކޮންބައެއްކަން އެނގިފައި ވީނަމަވެސް، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.
ކުޑަ އަންހެން ކުއްޖާ ދިރިއުޅެމުންދާ ހިޔާގެ ޑައިރެކްޓަރު ބުނާ ގޮތުން އެކުއްޖާ އެތަނަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އުމޭރިއާ އިންނެވެ. އަދި އެކުއްޖާގެ ބައްޕަ ވީ ޖަލުގައި ކަމަށާއި މަންމަ ވަނީ މަރުވެފައި ކަމަށްވެސް އޭނާ ބުނެއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ސްކޫލުން އައުމަށްފަހު ތަދު އިހުސާސް ކުރެވޭ ވާހަކަ އެކުއްޖާ އަންހެން ސުޕާއިންޓެންޑެއްގެ ކައިރީ ބުނުމުން ވިޖޭ ނާގަރް ޕޮލިސް ސްޓޭޝަން ގައި ވަނީ އެފްއަރިއާރް އެއް ރަޖިސްޓްރީ ކޮށްފައެވެ.
އެކުއްޖާ ރޭޕް ކޮށްފައި ވަނީ ސްކޫލްގެ ފާޚާނާ ތެރޭގައި ކަމަށް ޤަބޫލު ކުރެވެއެވެ. ފުލުހުން ބުނާ ގޮތުގައި މެޑިކަލް ޓެސްޓްތަކުން އެކުއްޖާ ރޭޕް ކޮށްފައިވާކަން ވަނީ ކަށަވަރު ވެފައެވެ.
އެމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.