Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ވިލާ ހައި ސްކޫލް ދަރިވަރުން އައްޑޫގައި

ވިލާ ހައި ސްކޫލްގެ 23 ދަރިވަރަކު މިއަދު އައްޑޫއަށް އަތުވެއްޖެއެވެ. މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހައި ހަމައަށް އައްޑޫގައި ތިބުމަށް ހަމަޖެހިފައިވާ މި ދަތުރަކީ އެ ދަރިވަރުން އައްޑޫ އަދި ފުވައްމުލަކުގެ އާސާރީ ތަންތަން ބަލައި އެތަންތަނާއި ގުޅޭ މައިުލޫމާތު ހޯދުމަށް ކުރި ދަތުރެކެވެ.

މިއަދު އައްޑޫއަށް ޒިޔާރަތްކުރި ވިލާ ހައިސްކޫލް ޓީމުގައި ހިމެނެނީ ސްކޫލްގެ ޕްރިންސިޕަލާއި އެސިސްޓެންޓް ޕްރިންސިޕަލްގެ އިތުރުން 17 އަންހެން ދަރިވަރަކާއި 6 ފިރިހެން ދަރިވަރުންގެ އިތުރުން ހަތަރު ލީޑިން ޓީޗަރުންނެވެ.

މިއަދު އިރުއޮއްސި 7 ޖަހާއިރު އައުމަށް ކުރިން ހަމަޖެހިފައި އޮތް ދަތުރު އަވަސްވެ މިހާރު މި ދަރިވަރުން ތިބީ އައްޑޫގައިއެވެ.

އައްޑޫ ހައި ސްކޫލުގެ އިސް އޮފިޝަލަކު ބުނީ މިކުދިން ތިބުމަށް ހަމަޖެހިފައިވަނީ އައްޑޫ ހައިސްކޫލް އެކަމޮޑޭޝަންގައި ކަމަށެވެ. އަދި މިކުދިންނަށް ސްކޫލުން ފުރިހަމަ އެއްބާރު ދޭން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން އައްޑޫ ހައިސްކޫލް އާއި ވިލާ ހައިސްކޫލްގެ ދަރިވަރުންގެ މެދުގައި ސަގާފީ އެކިއެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެ ސްކޫލްގެ ދަރިވަރުންގެ މެދުގައި ބަހުސް މުބާރާތެއް އޮންނާނެ ކަމަށް ސްކޫލުން މައުލޫމާތުދެއެވެ.