Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އައްޑޫ ފްލެޓްތަކުގައި މޭ މަހު ދިރިއުޅެން ފަށާނެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސ. ހިތަދޫ އަދި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި އަންނަ މޭމަހު މީހުން ދިރުއުޅެން ފަށާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ އައްޑޫގައި އިމާރާތްކޮށްފައިވާ 312 ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޝަން ނިމި ވަރަށް އަވަހަށް އިއްލާން ކުރެވޭ ވަރުވާނެކަމަށެވެ.

ހައުސިން މިނިސްޓްރީން މިދިޔަ އަހަރު އޮކްޓޫބަރު ބުނީ ހައުސިން ޔުނިޓްތަކުގެ ގުރުލުން ނިންމައި މިދިޔަ ނޮވެމްބަރ މަހު މީހުން އުޅެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މުއްދަތު ފާއިތުވިއިރުވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއްލާން ނުކުރެވެއެވެ.

ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި އެޅި 48 ފްލެޓް މަސައްކަތް ނިމިފައިވާ އިރު މިތަނުން 150 ފްލެޓްއަކީ ހިތަދޫ ރައްޔިތުންނަށް ޚާއްޞަކޮށްފައިވާ ފްލެޓްތަކެކެވެ. އަދި 30 ފްލެޓް ހާއްސަކޮށްފައިވަނީ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށެވެ. ފޭދޫ ރައްޔިތުންނަށް ޚާއްޞަ ކޮށްފައި ވަނީ 50 ފްލެޓެވެ. ބާކީ 34 ފްލެޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖައްސަވާފައިވާ ފްލެޓްތަކެކެވެ.

އައްޑޫގައި އިމާރާތްކޮށްފައިވާ 312 ހައުސިން ޔުނިޓްގެ އިތުރުން އިތުރު 100 ފްލެޓް ފޭދޫގައި އިމާރާތް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.