Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބަރަހަނާ ފޮޓޯތަކެއް ލީކްވި ފުލުހަކު ވަޒީފާއިން ވަކިކޮށްފި

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ބަރަހަނާ ފޮޓޯތަކެއް ލީކުވި އަންހެން ފުލުހަކުު ވަޒީފާއިން ވަކިކޮށްފިއެވެ.

2016 ވަނަ އަހަރުގެ މެދުތެރޭގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ދޫނިދޫ ކަސްޓޯޑިއަލްގައި މަސައްކަތް ކުރި އަންހެން ފުލުހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޕްރަލެއްގެ މަގާމުގައި ހުރި އެ އަންހެން ފުލުސް މީހާގެ ބަރަހަނާ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކްވީ ދޫނިދޫ ކަސްޓޯޑިއަލްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. ބަރަހަނާ ފޮޓޯތައް ލީކުވުމުން މައްސަލަ ބަލައި ނިމެންދެން އޭނާ ބަދަލުކޮށްފައި ހުރީ ޔުނިފޯމް ސެކްޝަނަށެވެ.

ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ދައުރުވުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ފުލުހުން ކުރި ތަހުގީގުން ފޮޓޯތަކުން ފެންނަނީ އޭނާކަން ވަނީ ކަށަވަރުވެފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވެސް ވަނީ، ބަރަހަނާ ފޮޓޯތަކެއް ލީކުވި މައްސަލައެއްގައި އަންހެން ފުލުހަކު ވަޒީފާއިން ވަކިކުރިކަން ކަށަވަރުކޮށްދީފައެވެ.