ރަޝިޔާގައި 2015 ވަނަ އަހަރު ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އިދިކޮޅު ލީޑަރު، ބޮރިސް ނެމްޓްސޮވް ގެ ގަޔަށް ބަޑި ޖަހައި މަރާލި ހާދިސާއަށް ދެ އަހަރު ފުރުމުން އޭނާގެ ހަނދާނުގައި ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ އަޑުއުފުލަން ފަށައިފިއެވެ.
ބޮރިސް ވަނީ އޭނާ ރަޝިޔާގެ ރައީސް ވްލަޑީމިއަރ ޕޫޓިން އާއި އޭނާގެ ވެރިކަމާއި ދެކޮޅަށް އިހުތިޖާޖުކޮށް އަޑުއުފުލައި ގިނަ ބަޔެއްގެ ލޯތްބާއި ގަދަރު ހޯދާފައެވެ.
އޭނާ މަރާލާފައިވަނީ ފައިސާ ދީގެން ކަމަށް ރަޝިޔާ ނޫސް ތަކުން ވަނީ ޚަބަރު ފަތުރާފައެވެ. އޭނާގެ މަރާއި ގުޅިގެން ރަޝިޔާގެ އިދިކޮޅު ފަރާތްކުން ވަނީ ޕޫޓިންއާއި ދެމެދު ގެންގުޅޭ ރުޅިވެރި ސިޔާސަތު އިންތިހާއަށް ގޮސްފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުވެސް އެތައް ހާސް ބަޔަކު ވަނީ މަގު ތަކަށް ނިކުމެ ޕޫޓިންއާއި ދެކޮޅަށް އަޑުއުފުލާފައެވެ. އޮފިޝަލުން ބުނާ ގޮތުގައި މިއަހަރުވެސް މަގުތައް އެވަރަށް ހަލަބޮލިވެ މީހުން ގިނަވާނެ ކަމަށް ބެލެވޭ ކަމަށެވެ.