Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ޓީސީ މޮޅުވެ ފުޓްބޯޅައިގެ ތާރީޚުގެ ތެރެއަށް

ބަންގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕުގެ ސެމީ ފަައިނަލުގައި ދިވެހި ރާއްޖޭގެ ޓީސީ ފުޓްބޯލް ކްލަބް ނޭޕާލްގެ ނަންގ މަޝިޔަންގުޑީއާ (އެމްއެމްސީ)އާ ބައްދަލުކޮށް 1-0 ގެ ނަތީޖާއިން މޮޅުވެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ބޭރުގެ މުބާރާތެއްގެ ފައިނަލަށް ދިވެހި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޓީސީގެ ފަރާތުން މުޅި މުބާރާތުގައިވެސް ރަނގަޅު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިއަދުގެ ސެމީ ފައިނަލް މެޗުގައިވެސް ޓީމު ވަނީ ހިތްވަރާއެކު މޮޅަށް ކުޅެފައެވެ.

މިއަދުގެ މެޗުގައިވެސް އައްޑޫ ސިޓީގެ ފޭދޫ އިބްރާހިމް މަހުދީ ހުސެއިން (ހަބޭސް އިއްބެ) އަދި އަލީ ނާފިއު (ކަޅޭ) އަދި ދާދުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ޓީސީ ފައިނަލަށް ގެންދިޔަ ލަނޑު ޖަހާ ދިނީވެސް މެޗްގައި މޮޅަށް ކުޅުނު އަލީ ނާފިއު (ކަޅޭ)އެވެ.

ކަޅޭގެ މިލަނޑަކީ އައްޒާމް ނަގައިދިން ހުރަހެއް އެމްއެމްސީ ކީޕަރުން އަތުން ޖަހައި ބޭރުކުރުން ކަޅޭ ގޯލަށް ފޮނުވާލައިގެންނެވެ.

ރާއްޖޭގެ ޓީމަކަށް މީގެ ކުރިން ސެމީއާއި ހަމައަށް ވެސް ދެވިފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށެވެ. ޓީސީ ސްޕޯޓްސް އިން މިއަދު ހޯދި ކާމިޔާބީއާއެކު އެޓީމު ވަނީ މުޅި ގައުމު ފަޚުރުވެރިކޮށްފައެވެ.